Powered By Blogger

Thursday, October 28, 2010

ސުކޫލް ބަންދާއެކު ކިޔަވާކުދިންގެ އަހުލާގަށް ބޮޑެތި ބަދަލު ތަކެއް

ކިޔަވައި ކުދިންގެ ވާހަކައަކީ މިހާރަކަށް އައިސް އެންމެ ގިނައިން ދެކެވޭ އަދި އެކަމަށް ހައްލެއް ހޯދިފައިނުވާ ގައުމީ ބޮޑު މައްސަލައެކެވެ. އަތޮޅުތަކުގެ ސުކޫލްތަކެކޭ އެއްގޮތަށް މާލޭގެ ސުކޫލްތަކުގައިވެސް މިފަދަ ބޮޑެތި މައްސަލަތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދެއެވެ. މިކަން މިހެން މިވަނީ ކިހިނަކަމުންތޯ ބަލައި ދިރާސާތަކެއް ކުރަން ޖެހިފައިވާ ކަމަށް އަޅުގަނޑު ގަބޫލްކުރަމެވެ. މިކަމުގައި ސުކޫލްތަކުގެ މެނޭޖްމަންޓާއި މިނިސްޓްރީ ޒިންމާވާން ޖެހެއެވެ. ކިޔަވައި ދިނުމުގައި ފެއިލްވެފައިވާ ބިދޭސީން ސުޚޫލްތަކުގެ ހެޑުންނަށް ލުމާއި ދަރިވަރުންނާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅެއް އަޅާއިރަށް ބެލެނިވެރިންގެ ސަޕޯޓް ބޭނުމުގައި ދަރިވަރާމެދު އެޅި ފިޔަވަޅު މިނިސްޓްރީން ނަފީކުރުން ފަދަ ކަންކަން ހުއްޓާލައި ސުކޫލްތަކުގެ ވެރިންނަށް އިހްތިޔާރު ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ.  

No comments:

Post a Comment